ނުރައްކާތެރިކޮށް ލޯންޗު ދުއްވި މީހުންގެ ލައިސެންސް ހިފަހައްޓައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނުރައްކާތެރިކޮށް ލޯންޗު ދުއްވުވުމުގެ މައްސަލައާ ގުޅިގެން، ތިން މީހެއްގެ ލައިސެންސް ވަގުތީގޮތުން ހިފަހައްޓައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީންނެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެވުނު ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގައި ފެންނަނީ ނުރައްކާތެރިކޮށް، ރޭސް ޖަހާ ބީދާއިން ލޯންޗުތަކެއް ދުއްވާ މަންޒަރެވެ.
ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 2024 އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް