ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލަން ނިންމައިފި
މިހާރު ހިންގަމުންނުދާ ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ލިކުއިޑޭޓް ކުރުމަށް ނިންމާފައިވަނީ 19ކުންފުންޏެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ކުންފުނިތައް ހިމެނެއެވެ.
އެގޮތުން އެމްއެންބީސީ، ހެލްތް ސާރވިސް ކުންފުނިތައް، ގަން އެއާޕޯޓްސް ކޮމްޕެނީ، ފެލިވަރ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އުވާލަންވެސް ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ހަޒާނާ މޯލްޑިވްސް، ނޭޝަނަލް އިންވެސްޓްމެންޓް މެނެޖުމެންޓް ކޮމްޕެނީ އަދި އެމްއާރުޑީސީވެސް އުވާލަންވެސް ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް