ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ނިރޮޅުމަގާއި ބޮކަރުމާ ހިނގުން ގުޅޭ ކަންމަތިންނެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ 33އަހަރުގެ ތުރުކީ ފިރިހެނަކަށް ކަމަށް މައުލޫމާތުލިބެއެވެ.
މިއީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ފަރާތަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އޭނާާގެ މޭގެ ވާތްފަރާތަށާއި، ކޮލަށާއި ކޮނޑުމައްޗަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.
މި މީހާގެ ހާލު ސީރިއަސް ނޫންކަމަށް ޓްރީޓޮޕް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް