ޑރ. ޝައިނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރަނީ
ނިމިދިޔަ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރ ކަމުގެ މަގާމު އަދާކުރެއްވި ޑރ. މުހައްމަދު ޝައިނީ، މި އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
މިކަން އެބޭފުޅާ ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ. ޑރ.ޝައިނީ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.
ޝައިނީ މިއަދު ވަނީ ދާއިރާގެ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. ޝައިނީ ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅުން ގޮނޑިހޯދުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ދާއިރާގެ ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އެބޭފުޅާ އިންތިޚާބުގައި ކުރިމަތިލައްވާނީ މިހާރު ލިބިފައި އޮތް ޕީޕީއެމްގެ ޓިކެޓުގައިތޯ އަދި ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް