ނިހާން ފުުލުހަށް ހާޒިރުވާން އަންގައިފި
ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި ނިހާންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ފުލުުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށެވެ.
ބެލެވޭ ގޮތުގައި މިއީ ރޭ އިދިކޮޅުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާގައި ނިހާން ފުލުހުންގެ ވެހިކަލްގެ ދަށަށް ގާބުރިއެއް ލީ މައްސަލައިގައި ކުރެވޭ ތުހުމަތެކެވެ.
ނިހާންއަށް އަންގާފައިވަނީ މާދަމާރޭ 8:30އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް