ބާޖަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ވޭސްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި އުފުލާ ބާޖަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްއެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޑް ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:30 ހާއިރުއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގައި ވެމްކޯގެ ކުނި ބާޖުތައް ގާތްކުރާ ޖެޓީ ސަރަހައްދުގައެވެ.
މި ހާދިސާގައި މީހަކަށް ގެއްލުވެފައި ނުވިނަމަވެސް ވެމްކޯގެ ބާޖަކުން ޖެޓީ ކައިރީގައި އަޅަފައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން އެ ދޯނީގެ ކުރީކޮޅަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ދޯނީގެ ކުރީކޮޅުން ބައެއް ވަނީ ބިންދައިގެން ގޮއްސައެވެ.
މިހާދިސާ އަންނަނީ ފުލުހުން އިތުރަށް ތަހުޤީގުކުރަންމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް