މޯލްޑިވިއަންގެ ފްލައިޓް ޓްރިވެންްްޑްރަމްގައި ތާށިވެފައި
ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން މޯލްޑިިވިއަންގެ ފްލައިޓްތަކެއް ޓްރިވެންޑްރަމްގައި ތާށިވެއްޖެއެވެ.
މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި މިއަދު ބުނީ، މައްސަލަ މި ދިމާވުމާ ގުޅިގެން ފުރުން ލަސްވެފައިވާތީ ޕަސެންޖަރުންނަށް ހުރުމާއި ކެއުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި ޕަސެންޖަރުންނަށް ދަތުރުކުރުމަށް އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
މި ފްލައިޓްތައް ފުރުން ލަސްވެފައިވާތީ އެކަމަށްޓަކައި ފަސެންޖަރުންގެ ކިބައިން މޯލްޑިވިއަނުން ވަނީ މައާފަށް އެދިފައެވެ.
މި ފްލައިޓުން ނުފުރި ޓްރިވެންޑްރަމްގައި ހުރި ފަސިންޖަރަކު ވަނީ އެފަރާތަށް ނުފުރި ދެ ދުވަސްވެފައިވާކަމަށް ވޮއިސްއަށް މައުލޫމާތު ދީފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބަލިމީހުންވެސް އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް