ޕާޓީގެ މަސްލަހަަތަކީ ވެރިކަން ދެމެެހެއްޓުން: އަދާލަތު
އަދާލަތު ޕާޓީގެ އެންެމެ ބޮޑު މަސްލަހަތަކީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުންކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ ޕާޓީއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މިވެރިކަން ދެމެހެއްޓުމަށް ކަމަށާއި ޕާޓީގެ އެންމެ މަތީ މަސްލަހަތަކީވެސް ވެރިކަން ދެމެހެއްޓުން ކަމަށެވެ.
ނަޒީރު މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދަނީ ކޯލިޝަން ރޫޅާލަންޖެހިދާނެފަދަ ގޮތަކަށް އިންޒާރުދީ، ވާހަކަފުޅު ދައްކަަވަމުންނެވެ.
މީގެ އިތުރުން ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ،ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއްކަމަށެވެ.
އަދި ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓީގެ ވިސްނުމެއްކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް