ގެއްލުންވި ސިވިލް ސާވިސް މުވަޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއްދިނުމަށް ނިންމައިފި
ސެޕްޓެންބަރު 20 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކިގޮތްތޮގުން އަސަރުކޮށްފައިވާ ސިވިލް ސާވަންޓުނަށް މިއަދުން ފެށިގެން 30 ދުވަހުގެ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ކުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކި ގޮތްތޮތުން އަސަރުކޮށް ސިވިލް ސަވިސްގެ ހިދުމަތައް ނުކުތުމަށް އުޒުރުވެރިވެފައިވާ ސިވިލް ސާވިސްގެ މުވަޒަފުންނަށް، އެ މުވަޒަފުންގެ އާންމު ހާލަތު ބަދަލުވުމަށް މަގުފަހިކުރުމުގެ ގޮތުން، މިއަދުން ފެށިގެން 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
20 ވަނަދުވަހު މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ހާލުފައި ޖެހިފައެވެ. އަދި އެކަކު ވަނީ މިހާދިސާގައި ނިޔާވެފައެވެ.
ކޮމިޝަނުގެ ބަޔާނުގައި ވަނީ މި ހާދިސާގައި ނިޔާވި މރުހޫމް ޝައުނާގެ އާއިލާއަށް ތައުޒިޔާ އަރިސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް