ބިންވެރިޔާ ހާއްސަ ސްކީމްގެ ތިންވަނަ ކެޓަގަރީއަށް ފޯމް ހުށައަޅަން ހުޅުވާލާނީ މެއި 10 ގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ" ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން، ސިންގަލް އެޕްލިކަންޓުން ފުލެޓަށް އެދި ހުށަހެޅުމަށާއި ޖޮއިންޓް އެޕްލިކަންޓުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހް އާންމުކޮށްފި އެވެ.
ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ބުނީ "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭ ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށާ އެ ފުރުސަތު 31 މޭ ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހި ކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv/ ޕޯޓަލް މެދުވެރިކޮށެވެ.
އެ މިނިސްޓްރީން ބުނީ މި އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުންނެވެ.
ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ފްލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް