ގަދަ ވަޔާއެކު އައިޖީއެމްއެޗް ކައިރީ ހުރި ފާރެއް ވެއްޓިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މިރޭ މާލެއަށް ވައި ގަދަވި ވަގުތުގައި އައިޖީއެމް ހޮސްޕިޓަލު ކައިރީ ހުންނަ ފާރެއްވެއްޓިއްޖެއެވެ.
ގަދަވަޔާއެކު ވެއްޓިފައިވަމީ އައިޖީއެމްއެޗްގެ އިމަޖެންސީ ފަޅީގައި ދިރާގު ހެޑް އޮފީހުގެ ފަހަތަށް ވާގޮތަށް ހުރި ފާރެކެވެ.
ފާރު ވެއްޓުނު އިރު އެ ފާރަށް ހަރުކޮށްފައި ހުރި ފެންސުތަކެއްވެސް ވެއްޓިފައިވާއިރު، އޭގެ ސަބަބުން، އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ސައިކަލު ތަކަކަށް ވަނީ ބޮޑެތި ގެއްލުންވެފައެވެެ.
މި ހާދިސާ އާއި ގުޅިގެން މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން “ވޮއިސް” އަށް ވަނީ މައުލޫމާތު ދީފައެވެ.
އަދި އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް