ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު ހަހާސް ރުފިޔާއަށް ހަމަޖައްސައި ދޭނަން: ރައީސް ޞާލިހް
ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު 6،000 ރުފިޔާއަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ 5000ރ. އާއި 6،000ރ. އާ ދެމެދު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިމިގެން ދާއިރު ބޯހިޔާވަހިކަމަށް ސަލާން ޖަހަން ނުޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހްގެ މި އިންޓަވިއުގައި ވަނީ މި ސަރުކާރުން ހިންގަން ރާވާފައިވާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރާނެ ކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް