އަލަށް ވަޒީފާއަށް ގެންނަ މީހުންނަށް 48 ގަޑިއިރު ތެރޭގައި އެޕްރޫވަލް ދެނީ
ރާއްޖޭގައި ވަޒީފާ އަދާކުރަން އަލަށް ގެންނަ މީހުންނަށް 48 ގަޑިއިރުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރަން އިމިގްރޭޝުނުން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ހުށަހަޅާ ލިޔެކިއުންނަށް ފުރިހަމަ ވެފައިވާނަމަ އަލަށް ބަޒީފާއަށް ގެންނަ ބިދޭސީންނަށް 48 ގަޑިއިރު ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމަށް ނިންމާފައިވާކަމަށެވެ.
އަދި މިއަދުން ފެށިގެން އެބަދަލަށް އަމަލުކުރަން ނިންމާފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އަދި ވަޒީފާ އަދާކުރަށް އަންނަ ބިދޭސީން އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ހުށަހަޅާ ލިޔެކިއުންތައް ފުރިހަމަ ނުވާކަމަުގައި ވާމަވެސް އެމުއްދަތުގެ ތެރޭގައި އެ މީހުންނަށް އަންގާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އެފަދަ ބަދަލެއް ގެނައީ އެތަނުން ދޭ ޚިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނައުމުގެ އިތުރުން އެކަމައި ގުޅުން ހުރި މަސައްކަތް ކުރާ ފަރާތްތަކަށް ލުއި ފަސޭހަކުރުމަށް ކަމަށެވެ.
އަދި އެޚިދުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެމްޕްލޯއިމަންޓް އެޕްރޫލްއަށް އެދި ހުށަހަޅާ ފަރާތްތަކުން ލިޔެކިއުންތައް ފުރިހަަމަކުރުމަށް ހުށަހަޅުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް