ފުޓްބޯޅަ މުބާރާތްތައް ވަގުތީގޮތުން ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވަނީ
މަރާމާތުކުރުމަށް ގަލޮޅު ފުޓުބޯޅަ ދަނޑު ބަންދުކުރުމަށްފަހު، ހުޅުމާލޭ ޓްރެކްގައި ވަގުތީގޮތުން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ވިދާޅުވީ ގަލޮޅު ދަނޑުގެ ބޮޑެތި މަރާމާތުތަކެއް ކުރުމަށް ކައިރި މުސްތަގްބަލެއްގައި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިޑި ބަރިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ.
އެ މަސައްކަތްތައް ކުރަމުންދާ މުއްދަތުގައި ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް ވެސް ބާއްވާނީ ހުޅުމާލޭގައި އަލަށް ހުޅުވި ޓްރެކުގައި ކަމަށެވެ. މިކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޔޫތް މިނިސްޓަރީން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެތަނުގެ މަރާާމާތުގެ ކަންކަން ކުރުމަށްޓަކައި މަސައްކަތް ކުރާނެ ފަރާތެއް ހޯދަމުންދާކަމަށް މަޚުލޫފު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް