"ހުއްޓުވާ" އިވެންޓް ފުލުހުން ހުއްޓުވައިފި
ރާއްޖޭގައި ހެލިކޮޕްޓަރ ދުއްވަން ގާއިމްވެ ތިބޭ އިންޑިޔާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ ބާާއްވަން އުޅުުނު ހުއްޓުވާ އިވެންްޓް، ފުުލުހުން ހުއްޓުވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އެ އެއްވުމުގައި އޭނާ ވާހަކަދައްކަވާނަަމަ އިވެންޓް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށެވެ.
މި އިވެންޓަށް އާޓިފިޝަލް ބީޗް ހިފާފައިވަނީ ޕީއެންސީ ނަމުގައެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ހުއްޓުވާ އިވެންޓަށް ހުއްދަ ނަގާފައިވަނީ ޕީއެންސީގެ ނަމުގައި ކަމަށާއި އުމަރު ނަސީރު އިސްވެ ހުރެ ހަރަކާތެއް ހިންގުމަށް ހުއްދައެއް ނަގާފައިނުވާކަމަށެވެ.
މިކަމާއި ގުޅިގެން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގެ ހަރަކާތް ހުއްޓަވާނުލައްވާނެކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް