ހުރަވީ ބިލްޑިންގެ ޝީޓުގެ ބައެއް ވެއްޓިއްޖެ
ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ ގިނަ ދުވަސްވެފައިވާ އިމާރާތެއް ކަމަށްވާ ހުރަވީ ބިލްޑިންގުގެ ޝީޓުން ބައެއް ވެއްޓިއްޖެއެވެ.
މީގެ 24 އަހަރު ކުރިން ބިނާކޮށްފައިވާ ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ހުރި ސައިކަލަކަށް ވަނީ ގެއްލުން ވެފައެވެ.
ފުލުހުންނާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު މެންދުރު 1 ޖަހާއިކަށް ހާއިރު ހިނގި އެ ހާދިސާ އާއި ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެން ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މިއީ ހުރަވީ ބިލްޑިންގް ޝީޓުން ބައެއް ވެއްޓުނު 2 ވަނަ ފަހަރެވެ. އެގޮތުން މީގެ ތިން އަހަރު ކުރިން ހުރަވީ ބިލްޑިންގްގެ ޝީޓެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް ވަނީ އަނިޔާވެފައެެވެ.
ގިނަ ދުވަސްވެފައިވާ އިމާރާތެއްގައި ސަރުކާރުގެ ވުޒާރާތައް ހިންގަމުންދާތީ މުވައްޒަފުންގެ ސަލާމަތާއި މެދު ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް