ރާއްޖެ އައުމަށްފަހު މޯދީ ޓްވީޓްކުރެއްވީ ދިވެހިބަހުން
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށްފަހު ދިވެހި ބަހުން ޓްވީޓްކުރައްވައިފިއެވެ.
މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖެ އާދެވިއްޖެކަމަށެވެ.
އަދި އެބޭފުޅާ ވިދާޅުވީ މި ދަތުރު، އެބޭފުޅާގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ދައްކުވައިދެނީ އިންޑިއާއަށް ދިވެހި ރާއްޖެ އާއި ގުޅިފައިވާ ވަރުގަދަ ގުޅުމެއްގެ މުހިންމުކަން ކަމަށެވެ.
އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރުމަށް ބޭނުންވާ މިންވަރު ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
މިއީ މޯދީ ދިވެހިބަހުން ކުރެއްވި ދެވަަނަ ޓްވީޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް