N/A
N/A
ހަބަރު 01 Apr 2019 | 09:46

އދގެ ގަރާރު އެކަހެރިކޮށް ރާއްޖެ އަމިއްލައަށް ހަނގުރާމައެއްގެ ވިލާގަނޑެއްގެދަށަށް

ދިވެހި ރާއްޖޭގެ ވެރިރަށް މާލެއަށް 1988 ވަނަ އަހަރު ތަމަޅަ ބަޣީން އަރައި ދިވެހިންގެ އެތައްބަޔަކު ބަޑިޖަހައި މަރައި ދިވެހި ރާއްޖޭގެ ވެރިކަން ވަށްޓާލައި ރާއްޖެހިފަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ބައިނަލް އަގުވާމީ މުޖްތަމައަށް ގަބޫލުކުރެވުނެވެ. ދުނިޔޭގެ ސަމާލުކަމަށް އެކަން ބޮޑަށް އައީ ދިވެހި ރާއްޖެއިން އދއާއި އަދި ރާއްޖެއަށް އަޑުއުފުލަން ލިބުނު ކޮންމެ ބައިނަލް އަގުވާމީ ފޯރަމެއްގައި އެކަމަށްވަކާލާތުކޮށް އަޑުއުފުލަންފެށުމުންނެވެ. އަދި ދުނިޔޭގައިވާ ކުދި ގައުމުތަކުގެ އަޑު އެއްއަޑަކަށް ހެދުމަށްޓަކައި ދިވެހި ރާއްޖެއިން ކުރި ބުރަމަސައްކަތްތަކަކަށްފަހު ކުދިގައުމުތަކުގެ ވަރުގަދަ ގުޅުމެއް އުފެދި އދގެތެރޭގައި އެމީހުންގެ އަޑު ވަރުގަދައަށް ހިއްލާލުމުންނެވެ.

ކުދިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ ގަރާރު

1989 ވަނަ އަހަރު އދގެ ޖެނެރަލް އެސެމްބްލީގައި ސީރިއަސް ބަހުސެއް އެކަމާއިގުޅޭގޮތުން ހިގައި ކުދިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިގުޅޭ ގަރާރެއް ފާސްކުރިއެވެ. މިގަރާރުގެ މައިގަނޑު އައިޑިޔާ ނެރުނީ ދިވެހި ރާއްޖެއިން އިސްވެ އޮވެގެންނެވެ.

ތަމަޅަ ބާޣީންގެ ޓެރަރިސްޓް ހަމަލާއާއި އަދި އެހަމަލާގެ ފަހަތުގައި ހިގާފައިވާ ކަންކަމަށާއި އިންޑިޔާ ސިފައިން ގެނެސްގެން ޓެރަރިސްޓް ހަމަލާ ނާކާމިޔާބުކޮށްލުމާއި އަދި އެއާއި ވިދިގެން އައި ފިއްތުންތަކަށް ވިސްނައި ދިވެހި ރާއްޖެއިން ދުށީ މުސްތަގުބަލްގައި ދިމާވެދާނެ މިބާވަތުގެ ހުރިހައިކަމަކަށް ސީދާ އދގެތެރެއިން ފަރުވާއެއް ހޯދުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މި ޑޮކްޓްރެއިންގެ އެންމެ މުހިއްމު އާރްކާޓީއަކީ އަޅުގަނޑުމެންގެ ކުރީގެ ޚާރިޖީ ވަޒީރު މަރްހޫމް ފަތުހުﷲ ޖަމީލެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ލޯބިޖެހިފައިވާ ވަފާތްތެރި އަދި ވަތަނީ ބޭފުޅެކެވެ. ދިވެހިރާއްޖެއިން ވަކާލާތުކުރަމުންދިޔަގޮތަށް ކުޑަގައުމަކަށް ކުރިމަތިވާ މިފަދަ ނުރައްކާތެރި ހާލަތެއްގައި ވަކި ގައުމަކުން އެހީހޯދުމުގެ ބަދަލުގައި އެގައުމަކުން އެހީއަށް އެދޭނީ އދގައި ކަމަށް އދގެ ގަރާރުގައި ހިމެނުނެވެ. އެއީ މިސާލަކަށް ޓެރަރިސްޓް ހަމަލާއެއް ދިވެހިރާއްޖެއަށްކުރިމަތިވެ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކަށް ނުރައްކާވާ ހާލަތެއް އަތުއްވެއްޖެނަމަ އދގެ ބާރެއް ރާއްޖެއަށް ފޮނުވުމެވެ. އެބާރަކީ އދގެ މޭންޑޭޓްގެތެރެއިން އިންޑިޔާ ސިފައިން ފޮނުވުންކަމުގައިވިޔަސް އަދި އެމެރިކާ ސިފައިން ނުވަތަ ޗައިނާ ސިފައިންކަމަށްވިޔަސް އެކަން ނިންމާނީ އދގެ ސަލާމަތީ މަޖިލީހުންނެވެ. އިންޑިޔާ ނުވަތަ އެމެރިކާ ނުވަތަ ޗައިނާ ސިފައިން ރާއްޖެއަށް އަންނާނީ އދގެ މޭންޑޭޓެއްގެތެރެއިންކަމަށްވުމާއެކު އެއަންނަ ގައުމަކަށް ދިވެހި ރާއްޖޭގައި އުޒުރުދައްކައިގެން ވަކިހިއްޕާލުމުގެ ބާރެއް އޭރުން ނޯންނާނެއެވެ. އދގެ މޭންޑޭޓް ނިމުމުން އެގައުމެއްގެ ސިފައިން ޖެހޭނީ އަބުރައިގެންދާށެވެ. އެކަމަށް ޖާމިނުވާނީ އދއެވެ. ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ އދގެ ގަރާރު މިގޮތަށް ބޭއްވުމަށް ދިވެހި ރާއްޖެއިން އިސްނަގައިގެން ވަކާލާތުކުރީ މިސާލަކަށް ދިވެހި ރާއްޖެއަށް ކުރިމަތިވާ ޓެރަރިސްޓް ހަމަލާއަކާއިގުޅިގެން ދިވެހި ސަރުކާރުން އަމިއްލައަށް އިންޑިޔާ ސަރުކާރުގައި އެދިގެން އެގައުމުގެ ސިފައިން ދިވެހި ރާއްޖެއަށްގެނެސް ދިމާވާކަންކަމުގައި ކޮންމެވެސް ސަބަބަކާހެދި އިންޑިޔާއިން އެގައުމުގެ މަސްލަހަތުތަކެއް އިސްކޮށް ރާއްޖެއިން ފޭބުން ދިގުދަންމައިފިނަމަ އެކަން އދގެ ތެރެއިން ހައްލުހޯދަން ދަތިވާނެތީއެވެ. އޭގެ ހަގީގީ މިސާލަކީ އިންޑިޔާއާއެކު ދިވެހި ރާއްޖެއިން 2011 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެދަށުން އިންޑިޔާގެ ހެލިކޮޕްޓަރުތަކެއް ރާއްޖެގެނައުމަށްފަހު އެހެލިކޮޕްޓަރުތަކާއި އޭގެ ކަންކަން ބަލަހައްޓަން އައިސްތިބި އިންޑިޔާ ސިފައިން އެބުރާ އިންޑިޔާއަށް ފޮނުވާލަން ދިވެހި ސަރުކާރުން އެދުމުން އެކަމަށް އިންޑިޔާސަރުކާރުން އިޖާބަނުދީ ދެމިތިބި ތިބުމެވެ.

އަސްކަރީ އާޑޮކްޓްރެއިން އިން ސަލާމަތްކަން ލިބޭނެތަ؟

ކޮންމެއަކަސް ކުދިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ އދގެ ގަރާރަކީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ބައިނަލް އަގުވާމީ ގަރާރެކެވެ. ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދަކީ އެގަރާރުގެ މުހިއްމުކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މިގަރާރަކީ ދިވެހި ސަރުކާރުން މިހާތަނަށް ވަރަށް އިސްކަމެއްދީގެން އެއާއެގޮތަށް އަމަލުކުރެވޭތޯ ބަލާ ގަރާރެކެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރާއި އަދި 2018 ވަނަ އަހަރު އައިސް މިހާރު ހިގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ މިގަރާރު އެއްފަރާތްކޮށްފައޭ ބުނުމަކުން ދޮގަކަށްވާނެތޯއެވެ. އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ގެންގުޅުއްވާ ސިޔާސަތެއް އިސްކުރައްވައި ޚާރިޖީވަޒިރު އަބްދުﷲ ޝާހިދު އިންޑިޔާއާއި އެމެރިކާއާއެކު އަސްކަރީ އެއްބަސްވުންތަކެއް ހެދުމުގެ ބޭނުމަކީ ވަކި ގައުމަކަށް ދިވެހި ރާއްޖެ ޑިޕެންޑްވާގޮތް ހެދުމެވެ. އެގައުމަކީ ބާރުގަދަ ގައުމެއްވީމާ، މިސާލަކަށް އިންޑިޔާއަކީ މިސަރަހައްދުގެ ބާރުގަދަ ގައުމެއްވީމާ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އެހީވާ ގައުމަކަށް ރާއްޖެއިންހަދާނީ އިންޑިޔާއެވެ. އެމެރިކާއާއެކު ހަދާ އަސްކަރީ އެއްބަސްވުމަކީވެސް އެމެރިކާއަށް ޑިޕެންޑްވެގެން ތިބުމެވެ. މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވަނީ އިންޑިޔާކަނޑުހިމާޔަތްކުރާނީ އިންޑިޔާއިންކަމަށެވެ. އިންޑިޔާއާއެކު އެލަޔަންސެއް ހަދައިގެން ތިބޭނީ ސްރީލަންކާއާއި ދިވެހި ރާއްޖެއިންނެވެ. އެކަމަށް މީހުންގެ ވިސްނުން އަބުރާލުމަށްޓަކައި އައްޑޫ ރައްޔިތުންގާތު ނަޝީދު ވިދާޅުވެފައިވަނީ އިންޑިޔާކަނޑުގައި ހަނގުރާމައެއް ހިގާފާނެކަމަށެވެ. އެހނގުރާމައިގެ މުހިއްމު އެއްތަނަކަށްވާނީ އައްޑޫސިޓީކަމަށް ސިފަކުރައްވާފައިވެއެވެ.

ރާއްޖޭގެ އާރމީ ޗީފްގެ ޖެނެރަލް ޝަމާލްގެ ނަޒަރުގައި ރާއްޖެ މިއަދު ގެންގުޅެންޖެހެނީ އަސްކަރީ އާ ޑޮކްޓްރެއިން އެކެވެ. މިއަދުގެ ދުނިޔޭގައި ގައުމުތައް ރައްކާތެރިކަން ހޯދަނީ ގައުމުތަކެއް ގުޅިގެން ތިބޭ އެލަޔަންސްތަކެއްގެތެރެއިންނެވެ. މިސާލަކަށް ޝަމާލުނަންގަވަނީ ޕެސެފިކްގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭކަންކަމުގައި ހަރަކާތްތެރިވާ އެސަރައްދަށްނިސްބަތްވާ ގައުމުތަކުގެ އެލަޔަންސެވެ. ދެކުނުކޮރެޔާއާއި ޖަޕާނާއި އެމެރިކާއަކީވެސް މިފަދަ އެލަޔަންސެކެވެ. އެކަމަކު ފެންނަ މަންޒަރަކީ ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކުން އދ ބައިޕާސްކުރުމަށްފަހު ދުނިޔޭގެ ސިޔާސަތު ހިންގާތަނެވެ. އިރާގަކީ އދގެ ގަރާރުތަކާއި އަދި ސަލާމަތީ މަޖިލީހުގެ ރުހުމެއްނެތި އެމެރިކާގެ ސިފައިން ފޮނުވި ގައުމެކެވެ. އެމެރިކާ އެގައުމުން ފޭބީ އެގައުމު ފުނޑުފުނޑުކޮށް އަދި އެގައުމުގައި ހުރި އަތުޖެހުނު ހުރިހައި މުއްސަނދިކަމެއް ހިފައިގެންނެވެ. މިއަދުވެސް އިރާގަށް ބާރު ހިންގަނީ އެމެރިކާއިންނެވެ. އދ އަކުންނޫނެވެ.

ސިފައިންނާމެދު ޝައްކެއް ނުކުރެވޭނެ؟!

ދިވެހި ރާއްޖެއިން އަލަށް މިގެންގުޅޭ ޑޮކްޓްރެއިންގެ ނުރައްކާތެރިކަމާމެދު ބަހުސްކުރެވެން ފެށުމުން ސިފައިންގެ ޖެނެރަލުން މީޑިއާއަށް އަރުއްވައި ސިފައިންކޮށްފައި އޮންނަ ވައުދުތަކެއް އެބަހަނދާންކޮށްދެއްވައެވެ. ދިވެހި ގައުމުގެ ހައްގުގައި ގުރުބާންވާން ތައްޔާރަށްތިބި ކަމުގެ ހިއްވަރުގަދަ ބަސްތައް ވިދާޅުވެއެވެ. ކަންއޮތީ އެހެންނެވެ. ދިވެހި ރާއްޖޭގެ ސިފައިން ގައުމުގެ މިނިވަންކަމަށްޓަކައި ހަގުރާމަކުރާނެކަމާމެދު އަޅުގަނޑުމެން ދިވެހިން ޝައްކެއް ނުކުރަމެވެ. އެކަމަކު މިއަދު ބާރުގަދަ ގައުމުތަކުން ބާރުދެރަ ގައުމުތައް އަޅުވެތިކުރަނީ ހަގުރާމަކޮށްގެންތޯއެވެ. 2012 ވަނަ އަހަރު އެމެރިކާއާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ހަދަން އުޅުނު ސޯފާ އެއްބަސްވުމަކީ އެހިއްވަރުގަދަ ޖެނެރަލުންނާއި ސިފައިންގެ ކޮމާންޑަރުން ތިއްބަވަނިކޮށް ސޮއިކުރަން ތައްޔާރުވި އެއްބަސްވުމަކަށްނުވޭތޯއެވެ. ދިވެހި ރާއްޖޭގައި އެމެރިކާގެ އަސްކަރީ ބޭހެއް ހެދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ އެއެއްބަސްވުމަކީ ސިޔާސީ އެއްބަސްވުމެކެވެ. އެއެއްބަސްވުމާއި ދެކޮޅަށް ސިފައިން ހަގުރާމަކުރާކަށް ނުޖެހެއެވެ. މިއަދު އިންޑިޔާއާއި އެމެރިކާއާއެކު ދިވެހި ރާއްޖެއިން ސޮއިކުރާ އަސްކަރީ އެއްބަސްވުންތަކާއި ސޯފާ އެއްބަސްވުމާއި ހުރީ ކޮންތަފާތެއްތޯއެވެ. ގައުމުތައް ކުޑަކަކޫ ޖައްސުވަނީ މިފަދަ އެއްބަސްވުންތަކުންނެވެ. މިދެގައުމާއެކު ދިވެހި ރާއްޖެއިން މިވާ އަސްކަރީ އެއްބަސްވުންތަކާއިބެހޭ އެއްވެސް ވާހަކައެއް އަޅުގަނޑުމެންގެ ރައީސް އަދި ރައްޔިތުންނަކާ ހިސއްސާއެއް ނުކުރައްވައެވެ. ރައީސްއަށް އެގިވަޑައިގަންނަވަނީ ކިހާވަރަކަށްކަމާމެދުވެސް ސުވާލު އުފެދެއެވެ. ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޑިފެންސްމިނިސްޓްރީން އެމެރިކާއާއެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަން ވަހީދަށް އެގިވަޑައިގަތީ ރަސްމީ ސިފައެއްގައެއް ނޫނެވެ. ޑިފެންސް މިނިސްޓްރީން އަންގައިގެންނެއްނޫނެވެ. އެއެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަން ސަރުކާރުގެ އިސްވެރިންތަކަކަށް އެގިގެން ރައީސްގެ ސަމާލުކަމަށް ގެންނަވައިގެންނެވެ.

ކޮންމެއަކަސް ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ އދގެ ގަރާރުދޫކޮށް ދިވެހި ރާއްޖެއިން މިއަދު ގެންގުޅޭ އަސްކަރީ ޑޮކްޓްރެއިންއާމެދު އަޅުގަނޑުމެންގެ ގައުމުގެ ކަމުވޮށިވެގެންވާ މީހުން ފުންކޮށް ވިސްނަންޖެހިއްޖެއެވެ. އަޅުގަނޑުމެންނާ މާދުރުނޫން ޖަޒީރާ ގައުމެއްކަމަށްވާ ސީޝެލްސްއިން ދާދިފަހުންވަނީ އިންޑިޔާއާއެކު އަސްކަރީ އެއްބަސްވުމެއް ހަދަން އުޅުމަށްފަހު އެގައުމަށް އޮތް ނުރައްކާ ވިސްނިގެން އެއެއްބަސްވުން ދޫކޮށްލާފައެވެ. ދިވެހި ރާއްޖެއިން މިއަދު އިންޑިޔާއާއެކު ހަމަ އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުމުގައި ސޮއިކުރަން އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެހުށަހެޅުން މަޖިލީހުގައި މިއަދު މަޑުޖެހިފައި އޮތަސް އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ލިބުމާއެކު އެހުށަހެޅުން އޮތްގޮތަށް ފާސްކުރާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް މުހައްމަދު ނަޝީދު ހޯއްދަވަން ބޭނުންވާ އެއްސަބަބަކަށް އެކަންވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...