ޖިނާއީ އަދި ގާާނޫނީ ކަންކަމުގައި އިންޑިޔާާއާއި ރާއްޖެއިންވާ އެއްބަސްވުމަށް ރުހުންދީފި
ޖިނާއީ އަދި ގާނޫނީ ކަންކަމުގައި ރާއްޖެއާއި އިންޑިޔާއިން އެއްގައުމު އަނެއްގައުމަށް އެހީވުމުގެ އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި އެއްބަސްވުމަށް ރުހުން ދިނުމަށް ނިންމާފައިވަނީ ޖަލްސާގައި ތިއްބެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ރާއްޖެއިން ސޮއިކުރުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ގާސިމް ވިދާޅުވީ މިއީ ރާއްޖެއިން ސޮއިކުރުމަށް ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫންކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް