ހުުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
ހުުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
އެކަމާއި ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައިިވާ ކަމަށެވެ. ކަރަންޓް ގޮސްފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި، އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ސްޓެލްކޯއިން ދީފައި ނުވެއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެއިން ކަރަންޓް ގޮސްފައިވަނީ މިއަދު ހެދުނު ދިހައެއް ޖަހާ އެހަކަން ހާއިރުއެވެ.
ހުޅުމާލެއިން ކަރަންޓް ގޮސްފައިވާއިރު، މިހާރަކަށް އައިސް މާލޭގެ ބައެއް ހިސާބުތަކުންވެސް ކަރަންޓް ދާ ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް