އެންސްޕާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް!
އިޖްތިމާއީ ރައްކާތެރިކަމާއި ގުޅޭ ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާކަމުގައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، (އެންސްޕާ)ގެ ކަންކަން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހުށައަޅައިފިއެވެ.
މިގޮތަށް ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމާއި ބެހޭ ގާނޫނަށް ހުށައެޅުއްވި އިސްލާހުގައެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެންސްޕާގެ ކަންކަން މީގެ ފަހުން ބަލަހައްޓަން ވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ބެލުމުގެ ދަށުންނެވެ.
މިހާރު އެންސްޕާ ހިންގަމުންދަނީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.
އެންސްޕާގެ ކަންކަން ހިންގުމަށްޓަކައި ސީއީއޯއެއް ކަނޑައަޅުއްވާފައި ހުރެއެވެ. އެއީ ހެލްތު މިނިސްޓަރގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް