މަޖިލީޙަށް މެންބަރުން ހޮވީ މީހާއަށް ބެލުމެއްނެތި: އަނާރާ
މަޖިލިސް19އަށް މެންބަރުން ހޮވާފައިވަނީ މީހާއަށް ބެލުމެއްނެތިކަމަށް މަކުނުދޫ ދާއިރާގެ މެންބަރ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
އެކަމަނާ ވިދާޅުވީ މަޖިލިސް19 ގައި ގިނަ ދިވެހިން ވޯޓުދިނީ މީހާއަށް ބެލުމެއްނެތި ނަންބަރ 19އަށް ކަމަށެވެ. ބެލެވޭ ގޮތުގައި އަނާރާ އިޝާރާތް ކުރައްވަނީ އެޖެންޑާ19އަށެވެ.
"އެދެނީ މެންބަރުންގެ މަސްއޫލިއްޔަތު ޒިންމާދާރު ކަމާއިއެކު އަދާކުރެއްވުން"، އަނާރާ ވިދާޅުވިއެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުން އަނާރާ ވަނީ އެމްޑީީޕީގެ ކެނޑިޑޭޓަކާއި ވާދަކުރައްވާ ބަލިވެ ވަޑައިގެންފައެވެ. އަދި އެކަމަނާ ނިސްބަތްވާ އަދާލަތު ޕާޓީއަށްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް