ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހޯދަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މަގު ހުރަސް ކުރި މީހެއްގެ ގައިގައި ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލާގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
މިކަން ހިނގާފައިވަނީ، މާލޭގައި ހުންނަ މީޑިއާ ކައުންސިލް ހިންގާ އިމާރާތް ކުރިމަތީގައި ހުރި ކަފަހިހުރަހަކުން އަންހެނަކު ހުރަސް ކުރަމުން ދަނިކޮށެވެ.
އެ އަންހެން މީހާ ގައިގައި ސައިކަލް ޖެހުމުންވެސް ސައިކަލް ދުއްވަން އިން މީހާ ނުހުއްޓާ އެތަނުން ފިލި ކަން ފުލުހުން އާންމު ކުރި ސީސީޓީވީ ވީޑިއޯއިން ފެނެއެވެ.
ފުލުހުން އާންމުކުރި ސީސީޓީވީ ވީޑިއޯ
ފުލުހުން ބުނި ގޮތުގައި, އޭނާއަކީ މާލޭގެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އޭނާއަކީ ކާކުކަން ދެނެގަނެވިފައިވާ ނުވާ މީހެކެވެ. އޭނާގެ މައުލޫމާތެއް އެނގޭނަމަ އަންގައިދޭން ވެސް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް