އިސްލާމިކް މިނިސްޓަރަށް ޑރ. ޝަހީމު: ދީނީ ޖަމާއަތްތައް ޓެރެރިސްޓުންނަށް ހަދާއިރު މިނިސްޓްރީގެ ސްޓޭންޑަކީ ކޮބައިތޯ
ރާއްޖޭގައި އިސްލާމީ އިލްމުވެރިންނާއި ދައުލަތުދޭ ޖަމުއިއްޔާތައް ޓެރަރިސްޓުންނަށް ހަދަމުންދާއިރު އިސްލާމިކް މިނިސްޓްރީގެ ސްޓޭންޑަކީ ކޮބައިތޯ، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު، ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޝަހީމު މިފަދައިން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ދީނީ ކަންކަމުގައި ހަރަކަތްތެރިވަމުން ދާ ސަލަފު ޖަމުއިއްޔާއަކީ ޓެރަރިޒަމަށް ވާގިދެ ޖަމުއިއްޔައެއް ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އެޖަމުއިއްޔާއަށް ފިޔަވަޅު އަޅަން މިއަދު ފާސްކޮށްފައިވަނިކޮށެވެ.
އެކޮމެޓީން އެގޮތަށް ފާސްކުރީ، ޑރ. އަފްރާޝީމު އަލީގެ މަރުގެ ތަހުގީގު މަރުކޮމިޝަނުން އަލުން ތަހުގީގު ކުރުމަށްފަހު އާންމުކުރި ރިޕޯޓުގައި ރާއްޖޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ޖަމާއަތެއްގެ ގޮތުގައި އެޖަމުއިއްޔާގެ މައްޗަށް ތުހުމަތުކޮށްފައިވާތީއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޓެގްކުރައްވައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެއްވެސް ހުއްޖަތެއް ނެތ، ގާނޫނީ އަސާސެއްނެތި، ރާއްޖޭގެ އިސްލާމީ އިލްމުވެރިންނާއި ދައުވަތުދޭ ޖަމުއިއްޔާތައް ޓެރަރިސްޓުންނަށް ހަދަމުންދާއިރު، އިސްލާމިކް މިނިސްޓްރީގެ ސްޓޭންޑަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް