ވިލާ ރިސޯޓްސްގެ ސޭލްސް މެނޭޖަރ ޖައިލަމް ވަޖީހު: ފޮޓޯ/ ވިލާ ރިސޯޓްސް
ވިލާ ރިސޯޓްސްގެ ސޭލްސް މެނޭޖަރ ޖައިލަމް ވަޖީހު: ފޮޓޯ/ ވިލާ ރިސޯޓްސް
ވިޔަފާރި 14 Aug 2024 | 05:54

ވިލާ ރިސޯޓުގެ ސޭލްސް މެނޭޖަރ ކަމަށް ޖައިލަމް ވަޖީހު

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވިލާ ރިސޯޓްސްގެ ސޭލްސް މެނޭޖަރ ކަމަށް ޖައިލަމް ވަޖީހު އައްޔަންކޮށްފިއެވެ.

ވިލާ ރިސޯޓުން ބުނީ، ޖައިލަމް ވަކި މާކެޓްތަކާއި ސަރަޙައްދުތަކުގައި ވިލާ ނޯޓިކާ، ވިލާ ޕާކް، ރޯޔަލް އައިލެންޑް، އަދި ކުރިއަށް އޮތްތަނުގައި ހުޅުވުމަށް ހަމަޖެހިފައިވާ ލަގްޒަރީ ރިސޯޓް ވިލާ ހޭވަންގެ ސޭލްސް މަސައްކަތްތައް ބަލަހައްޓަވާނެ ކަމަށެވެ.

ޖައިލަމް އެންމެ ފަހުން އަދާކުރީ ވިލާ ރިސޯޓްގެ ޕީއާރް އެންޑް މާކެޓިންގ މެނޭޖަރުގެ މަޤާމެވެ. އޭނާ ވަނީ ވިލާ ނޯޓިކާ އަދި ވިލާ ޕާކްގެ ބްރޭންޑް އަލުން ތަޢާރަފުކުރުމުގައާއި، ކުންފުނީގެ "ޕްރޮޖެކްޓް ބްލޫ އޯޝަން" ވިޝަންގެ ދަށުން ވިލާ ރިސޯޓްސް އަލުން ތަޢާރަފުކުރުމުގައި އެހީތެރިވެފައެވެ.

ކުންފުނީގައި އޭނާ ކޮށްފައިވާ ތަފާތު މަސައްކަތްތަކުގެ ތަޖުރިބާގެ ސަބަބުން ރިސޯޓްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އޭނާއަށް ލިބިފައިވާއިރު އޭނާގެ ވިސްނުމާއި ދާއިރާގެ ތަޖުރިބާގެ ސަބަބުން ވަރުގަދަ ޕާޓްނަރޝިޕްތައް ބިނާކުރެވި، ބްރޭންޑްގެ އަދަދު އިތުރުވެ، މުހިންމު ސަރަޙައްދުތަކުގައި ކުރިއެރުމާއި އައު ފުރުޞަތުތަކަށް މަގުފަހިވާނެކަމަށް ވިލާ ރިސޯޓުން އުންމީދުކުރެއެވެ.

ޖައިލަމްގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި ވިލާ ރިސޯޓްސްގައި ޑިޖިޓަލް މާކެޓިންގ އަދި ކޮންޓެންޓް މެނޭޖްމަންޓްގެ މަޤާމުތައް ހިމެނެއެވެ. އޭނާ އަކީ ފިޓްސް ރީޓެއިލްގައި މާކެޓް ރިސާރޗަރެއްގެ ގޮތުގައި އަދި ޝެރަޓަން ޕެޓަލިންގ ޖަޔާ ހޮޓެލްގައި ސޭލްސް އެންޑް މާކެޓިންގގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާގެ ވަޒީފާގެ ދަތުރު ފެށުނީ ޑައިތެލްމް ޓްރެވަލް ގްރޫޕްގައި ރިޒަވޭޝަން އެގްޒެކެޓިވްއެއްގެ ގޮތުގައެވެ.

ޖައިލަމް ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެމްބީއޭ ހާސިލްކޮށްފައެވެ. އަދި ޓޭލަރސް ޔުނިވަރސިޓީ އަދި ޔުނިވަރސިޓޭ ޓޫލޫސް - ޖީން ޖޯރޭސްއިން އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް