ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރީ ކޮން ތާރީހެއް އާލާ ކުރަންތޯ: ޑރ މުއިއްޒު
ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރީ ކޮން ތާރީހެއް އާލާ ކުރަންތޯ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
މުއިއްޒު ވިދާޅުވީ ދިވެހިބަހާ ތާރީހު ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނަމަކުން ކަމަށެވެ. އެގޮތުން "ރަސްރަނި" އެނަމަކީ، ރަސްރަސްކަލުންނާއި، ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެކެވެ.
ސަލްޓަން ޕާކަކީ އިނގެރޭސި ނަމެކެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެނަން "ރަސްރަނި ބަގީޗާ"އަށް ބަދަލު ކުރީ ކަމާބެހޭ ތަޖުރިބާރާކުން ދިން އިރުޝާދުގެ މަތިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރިއިރު، އެތަނަށް އެއްވެސް ބަދަލެއް ނުގެނައީ ކީއްވެގެންތޯވެސް މުއިއްޒު ސުވާލު އުފެއްދެވިއެވެ.
"ނަމާ އެއްކޮށް، އެނަން ކީއިރު އެތަން އޮތް ގޮތަށް، ތަންވެސް ބަދަލު ކުރަންވީނޫންތޯ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން އެއްވެސް ކަމެއް ނުކޮށްތިބެ، ކުރާހާވެސް ކަމަކީ ބަހާއި ތާރީހު އޮޅުވާލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް