ރިސޯޓް މުވައްޒަފުންތަކެއް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައިފި
ދިވެހިރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ރިސޯޓެއްގެ މުވައްޒަފުންތަކެއް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައި ޝުއޫރުފާޅުކޮށްފިއެވެ.
އެގޮތުން ޓްވިޓަރގައިވާ އަބްދުﷲ ޖަމްޝީދު ކިޔާ ފަރާތެއްގެ އެކައުންޓަށް ވަނީ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ، ރިސޯޓް މުވައްޒަފުންތަކެއް ޝުއޫރު ފާޅުކުރާ ވީޑިޔޯއެއް އާންމުކޮށްފައެވެ. މިއީ ކޮން ރިސޯޓެއްގެ މުވައްޒަފުންތޯ ކަށަވަރުވާގޮތް ވަނީ ނުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެބޭފުޅާ ރިސޯޓް މުވައްޒަފުންގެ ސާރވިސް ޗާޖާއި ގުޅިގެން ވިދާޅުވި ބަސްފުޅަށް ރައްދުދެމުން ދަނީ ފޭކް އެކައުންޓްތަކުންކަމަށްބުނެ ވިދާޅުވި ބަަސްފުޅަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ދިވެހިރާއްޖޭގެ ކީ އިންވެސްޓަރުންގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާރވިސް ޗާޖެއް ލިބޭކަމަށް ވިދާޅުވެފައެވެ.
އަލީ ވަހީދު މިހެން ވިދާޅުވުމާއި އެކު މީސް މީޑިޔާގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ މިނިސްޓަރަށް ފާޑުކިޔަމުންނެވެ.
އެގޮތުން މޫސާ މަޖީދު ކިޔާ ފަރާތަކުން ވަނީ މިނިސްޓަރގެ ބޮޑު މުސާރަ ދޫކޮށްލެއްވުމަށްފަހު ރިސޯޓެއްގެ ވެއިޓަރ ނުވަތަ ރޫމްބޯއީގެ މަގާމު އެންމެ ދުވަހަކު ނަމަވެސް އަދާކުރުމަށް އެދޭކަމަށް ބުނެފައެވެ. އެއަށްފަހު ސާވިސް ޗާޖް ދެނީ ރަނގަޅަށްތޯ އިންސާފު ކުރުމަށް މޫސާ މަޖީދު ވަނީ އެދިފައެވެ.
https://www.facebook.com/permalink.php?story_fbid=169765257726416&id=109712297065046
މީގެ އިތުރުން އެހެން ފަރާތަކުން ވަނީ އަލީ ވަހީދު ޗުއްޓީ ހޭދަކޮށްލައްވަން ވަޑައިގަންނަވާ އަގުބޮޑު ރިސޯޓްތަކުން ރަނގަޅު ސާވިސް ޗާޖެއްދިނަސް، އެހެން ރިސޯޓްތަކުން އެކަށީގެންވާ އަދަދެއް ނުދޭކަމަށް ބުނެފައެވެ. އަދި އެހެން ފަރާތްތަކުން ވަނީ އެއީ އަލީ އެބޭފުޅާ އެ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ނުފޫޒުގައި ޖެހިވަޑައިގެން ދައްކަވާ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ދެއްކި ވާހަކައިގެ އަސްލު އޮޅުވާލާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ހައްގުތަކަށް މި ސަރުކާރުން ހަމަހަމައަށް އިހުތިރާމްކޮށް ހިމާޔަތްކުރާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް