ފަޅައިގެންދިޔަ ލޯންޗުގައި ތިބި މީހުން ސަލާމަތްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފަޅައިގެން ގޮސް ދިޔަވަމުންދިޔަ، "ސުވެނިއަރ 34" ލޯންޗުގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑޫއެފުން ކުރިން މައުލޫމާތު ދިން ގޮތުގައި އެ ލޯންޗުގައި، 38 މީހުން (34 ޓޫރިސްޓުންނާއި، 4 ކްރޫއިން ) ތިއްބެވެ.
އަދި ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށީ، ތިލަފުއްޓާއި ދިމާ ބޭރުންނެވެ.
ދާދި ދެންމެއަކު އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް މިއަދު މެންދުރު 14:00 ހާއިރު އެ ލޯންޗު ވައްދައިފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް