ކާށިދޫ ފަރަށް ބޯޓެއް އަރައިފި, އެކަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ގެ ފަރަށް އަރައި އޭގެ ދަތުރުކުރި އެކަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށާ އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށް ވެސް ބުންޏެވެ. އެކަކު ވަނީ ގެއްލިފަ އެވެ. އެއީ ބިދޭސީ އެކެވެ.
ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.
ބޯޓުން ދަތުރުކުރީ ފަސް ދިވެހީންނާއި ހަ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް