ގަމުން މާލެދާން ފުރިގޮތަށް ޚަބަރެއް ނުވެ "ގެއްލުނު" އަކިރިސް ބޯޓު އެމްއެންޑީއެފުން ހޯދައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގަމުން މާލެދާން ފުރިގޮތަށް ޚަބަރެއް ނުވެ ގެއްލުނު އަކިރިސް ބޯޓު އެމްއެންޑީއެފުން ހޯދައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އަކިރިސް ބޯޓު ފެނުނީ މ. ރައިމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ދުރުގައި އިންޖީނު ހުއްޓިފައި އޮއްވައި ކޯސްޓް ގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓް މާފައި ލޯންޗަށެވެ.
ބޯޓުގައި ތިބި 14 މީހުންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަކިރިސް ބޯޓުގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވަނީ ރޭ 19:10 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް