އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިދިކޮޅު މައި ޕާޓީ -- މޯލްޑިވިއަން ޑިމޮކްރިކް ޕާޓީ އިން އާދަޔާ ހިލާފު ކޮންގްރެސް އެއް ބޭއްވުމުގެ ތައްޔާރީތައް ފަށަން ނިންމައިފި އެވެ.
އެ މަަސައްކަތް ފެށުމަށް ދެން އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާ ގައި ގޮތްް ނިންމާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ އެވެ. އެ ޖަލްސާއަށް އެ ހުށައެޅުން ހުށައަޅަން އޮތީ އެޖެންޑާ ކޮށްފަ އެވެ.
އެ ޖަލްސާގައި ނިންމުމަށް ފަހު އާދަޔާ ހިލާފު ކޮންގްރެސްގެ ތައްޔާރީތައް ފަށާނެ އެވެ.
އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސް އެއް ބޭއްވުމުގެ ތައްޔާރީތައް ފެށުމާއި ގުޅޭގޮތުން ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމަން އެޖެންޑާ ކޮށްފައި މިވަނީ ކޮންގްރެސްއެއް ބާއްވާ މުހިންމު ނިންމުންތަކެއް ނިންމަން ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.
އަދި އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅެން ވާހަކަ ދެކެމުންދާ ދަނޑިވަޅެއްގަ އެވެ. ކުރީގެ ރައީސް ނަޝީދު ވަނީ ދެ ޕާޓީ ގުޅުން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ދެ ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ދެކަފި ހިޔާލުތަކެއް އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް