ޒަހަމްތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޒަހަމްތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ އެވެ. ފެނިފައިވަނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަހަމްތަކަކާއެކު މީހަކު ފެނިގެން މިއަދު ހެނދުނު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް