ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ
ތ.ތިމަރަފުށީގައި 100ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން މިމަޝްރޫއު ކުރިއަށްގެންދަން ރާއްޖޭގެ ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށްޓަކައި 100 ޑޮލަރުގެ ނޮން ރިފަންޑަބްލް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ފިނޭންސްގެ އިއުލާންގައި ބުނެފައިވާ ގޮތުގައި މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއް އަދަދުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ.
މި ބިޑް ސެކިއުރިޓީގެ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހަށް ބަހައްޓަންޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް