ޓީޗަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
ދިވެހިރާއްޖޭގެ ޓީޗަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުުވުމެއްގައި، ތައުލީމާއި ބެހޭ ވަޒީރު ޑރ.އައިޝަތު އަލީއެވެ.
އެކަމަނާ ވިދާޅުވީ ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި މިނިސްޓްރީއާއި ގުޅިގެން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަން މިނިސްޓަރ ވިދާޅުވިއެވެ.
"އެއީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކާ. އަދި އޯވަޓައިމަށް ވެސް ގެނެވޭނެ ހެޔޮ ބަދަލުތައް މިދަނީ މަޝްވަރާ ކުރަމުން. ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިކަން އިއުލާން ކުރާނަން"، މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޓީޗަރުންގެ އެސޯސިއޭޝަނާއި މިނިސްޓްރީއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ. އެހެންކަމުން ޓީޗަރުންގެ ކަންބޮޑުވުންތަކަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުންތައް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް