ކުޅުދުއްފުށީގައި އާދަޔާ ޚިލާފު ވައްކަމެއް: ނެގީ ބަނބުކެޔޮ ދަޅަކާއި ރިހާކުރު ފުޅިއެއް
ހދ.ކުޅުދުއްފުށީގެ ދެ ގެއަކުން ތެލުލި ބަނބުކެޔޮ ދަޅަކާއި ރިހާކުރު ފުޅިއެއް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ވައްކަން ހިނގާފައިވަނީ އެރަށު ދެކުނު އަވަށުގައެވެ.
ކުޅުދުއްފުށީގައި ހިންގާ އޮންލައިން ވެބްސައިޓެއް ކަމުގައިވާ ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެއަށްވެސް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައެވެ.
އަދި ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިންކަން ފާހަގަކޮށްލެވެއެެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް ނަގައިފައިވާކަމަށް ވެއެވެ. އަދި އަނެއް ގެއިން ބަނބުކެޔޮ ދަޅެއްގެ އިތުރުން ކޭކް ފޮއްޓެއް ވަނީ ވަގަށް ނަގާފައެވެ.
އެ ދެގެއިންވެސް ވައްކަން ކޮށްފައިވަނީ ބަދިގެ ތަޅު ނުލާހުއްޓާކަމަށްވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް