ކުރިއަށް އޮތް 3 ދުވަހު ފްލައިޓްތައް ޑިލޭވުން އެކަށީގެންވޭ: މޯލްޑިވިއަން
ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޤައުމީ އެއާލައިން މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން މިގޮތަށް ހާމަކޮށްފައި މިވަނީ މިޑް ޓާމް ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު ވައިގެ މަގުން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ފްލައިޓްތައް ޑިލޭ ވުމަކީ އާއްމުގޮތެއްގައި ޕަސެންޖަރުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެހެން ނަމަވެސް މިއީ ދުރާލައި މިފަދަ އެންގުމެއް މޯލްޑިވިއަން އިން އެންގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ޤައުމީ އެއާލައިނުގެ ފްލީޓްގައި 23 މަތިންދާބޯޓެއް ގެންގުޅެއެވެ. އޭގެ ތެރޭގައި 11 ސީޕްލޭން ވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް