މާދަމާ އިރުކޭތައެއް ހިފަނީ، ކޭތަ ނަމާދު ކުރުން އޮންނާނެ
މާދަމާ ހެނދުނު ހިފާ އިރުކޭތައާއި ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައެވެ.
އެގޮތުން މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒުގައެވެ. ވިލިމާލޭގައި މަސްޖިދުލް ބިއްރި ގައި ކޭތަނަމާދު ކުރާއިރު ހުޅުމާލޭގައި ކޭތަނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ގާސިމް ބިން މުޙައްމަދު އާލް ޘާނީ ގައެވެ.
މާލެއަށް މިކޭތަ ހިފާނީ ހެނދުނު 7:38 އިން 10:32 އަށެވެ.
އުތުރުގެ ރަށްތަކަށް އެ ވަގުތަށްވުރެ ފަސް މިނެޓް ކުރިންނެވެ. އަދި ދެކުނުގެ ރަށްތަކަށް އިރުކޭތަ ހިފާނީ މާލެއަށް ވުރެ ފަސް މިނެޓް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް