އެރޭ ހާދަ ރުއިމޭ: އާއިލާއެއް ގެއްލުމުގެ އިހުސާސު ބުނެދޭ ލަވަ
ދިވެހި ލަަވަތަކުގައިވާ ޅެންވެރިކަމަކީ ވަރަށްވެސް އަސަރުގަދަ ޅެންވެރިކަމެކެވެ. ބުނަން ބޭނުންވާ އިހުސާސްތަކާއި، ކިޔައިދޭން އެދޭ ވާހަކަތައް މަދު ލަފުޒުތަކަކުން ހާމަކުރެވޭ ފަދަ ބާރުގަދަ ޅެންވެރިކަމެކެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ތެރެއިން އުފެދިގެން އައި އެންމެ ވަރުގަދަ އެއް ބާވަތުގެ ޅެމަށް ވާނީ ލޯބީގެ ޅެމެވެ. އިޝްގީ ލޯތްބާއި، މިނޫންވެސް ޒާތުގެ ލޯބީގެ އިހުސާސްތައް ހާމަކޮށްދޭ ޅެންތަކެވެ.
އިޝްގީ ބަލީގައި ހިތްޖެހި ހަފުސްވާން ދިމާވުމުން ގިނަބަޔަކު އެންމެ ފުރަތަަމަވެސް ޚިޔާރުކުރާނީ އަސަރުގަދަ ލަވަޔަކާއި ތިމާގެ ހާލަތު ގުޅުވާލުމެވެ. މިގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ ފުރިހަމަ އަޑުން ވިދާޅުވެފައިވާ އެރޭ ހާދަ ރުއިމޭ ލަވައަކީ ގިނަބަޔަކު އަހާ ލަވައެކެވެ.
އެލަވައިގެ މައިގަނޑު ގޮތެއްގައި ދައްކަނީ އެއްރެޔަކު މީހަކު ވަރަށް ރުއިވާހަކައާއި، އެ ރުއިމުގެ މަންޒަރު ހަނދާނުގައި ހުންނަ ވާހަކައެވެ. ބަޔެއްގެ ލޯމެރިފައިވާތަން ދެކުނުކަމާއި އެ މަންޒަރުން ހިތަށް ކެތްނުވެ ލޯކަރުނުން ފުރޭ ވާހަކައެވެ. ގިނަބަޔަކު މި ވާހަކަތައް ލޯބިވެރިޔެއް ގެއްލުމާއި ގުޅުވާލިޔަސް، މި ލަވައިގެ ޅެމުގެ ފަހަތުގައި ވަނީ އިޝްގީ ލޯބީގެ ކަރުނައިގެ ކޯރެއްގައި ފަތަންޖެހުނު ވާހަކައެއް ނޫނެވެ.
އާދެ، އެރޭ ހާދަ ރުއިމޭ ލަވައިގެ ހަގީގީ ވާހަކައަކީ މާ ހިތާމަވެރި ވާހަކައެކެވެ. މަދު ވަގުތުތަކެއްގެ ތެރޭގައި ލޯބިވާ މަންމައާއި ބައްޕައާއި ވަކިވާންޖެހި، އާއިލާގެ މެންބަރުންތަކެއް ދޯންޏެއްގައި ދަތުރުކުރަނިކޮށް ކަނޑުވެ ދިޔަ ހާދިސާއެވެ.
މަޝްހޫރު ޅެންވެރިޔާ ގަލޮޅު ޕެންޒީމާގޭ މައުސޫމް ޝާކިރު މި ޅެން ހެއްދެވީ އެބޭފުޅާގެ މައިންބަފައިންނާއި އާއިލާގެ މެންބަރުންތަކެއް ދަތުރުކުރެއްވި ދޯންޏެއް ބަންޑުންޖަހާލައި ހިނގި ނުރައްކާތެރި ހާާދިސާއެއްގެ ހަނދުމައިގައެވެ. ވިއްސާރަ ތޫފާނީ ރެއެއްގައި އާއިލާގެ މެންބަރުން އަވަހާރަވުމާއި، އެފަރާތްތަކުގެ ފުރާނަ ނެތް މަސްގަނޑުތައް ލޯމެރިފައިވާތަން ފެނުމުން ވީ އިހުސާސުގެ ވާހަކަ ބުނެދިނުމަށެވެ. ދެން އެފަރާތްތައް އަލުން ނުފެނުމުގެ ގިލަނުވެރިކަމާއި، ހެޔޮއެދޭނެ ފަރާތެއް ނެތި އެކަނިވެރިކަމުގެ އިހުސާސްކުރެވޭކަން ބަޔާންކޮށްދިނުމަށެވެ.
އެ ހާދިސާއެއް އެތައް އަހަރެއް ވެއްޖެއެވެ. އަރުޝީފުގެ ސަފްހާތަކުން އެހާދިސާ ރަނގަޅަށް ފެންނާން ނެތެވެ. އެ ހާދިސާގެ ހަނދާނަކަށް އެހެނަސް އޮތީ އަސަރުގަދަ ޅެމެކެވެ. އެރޭ ހާދަ ރުއިމޭ އެވެ. ލޯބިވާ އާއިލާގެ ބަޔަކު ގެއްލިދިޔުމުގެ ވާހަކަތައް އެއަށްވުރެ ފުރިހަމައަށް ކިޔައިދޭނެ އެހެން ޅެމެއް މި ދިވެހި އަދަބުގައި ވަކި އޮންނާނެބާވައެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް