މިނިސްޓަރ ޝާހިދް ޑރ ޝަހީމް އާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ.
ޑރ ޝަހީމްއާއި ޝާހިދު ބައްދަލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށް ދާ އިސްލާމީ ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ބައްދަލުވުމުގައި ތެރެއިންނެވެ.
ޑރ ޝަހީމްކީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ރަނިން މޭޓެވެ. އަދި މިހާރު ޑރ ޝަހީމް އަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސްގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރްގެ އިތުރުން ސޯޓް އެންޑް އަލް ހާކިމާ ސެންޓަރުގެގެ ޑިރެކްޓަރެވެ.
އެހެންކަމުން އިސްލާމީ ޤައުމުތަކުގެ ވެރިންގެ މި ބައްދަލުވުމުގެ އިންތިޒާމް ކުރުމުގައި ޑރ ޝަހީމް ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.
14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް އޮންނާނީ މެއި 31 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ މައްކާގައެވެ. އެދުވަސް ދިމާވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ 26 ވަނަ ދުވަހަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދު ސަލްމާން ޒަކީގެ އިތުރުން ސަޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ތަރޑް ސެކްރެޓަރީ ޝަފަޤަތު ޝަހީދު ބައިވެރިވެވަޑައިގަތެވެ.
މިވަގުތު ރައީސް ޞާލިހް ވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ސައުދީއަށް ވަޑައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް