ސައުދީގެ އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެެރިކޮށްފި
ސައުދީ އަަރަބިއްޔާގެ އެއާޕޯޓަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެެރިކޮށްފިއެވެ.
އަހްބާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ ކުށްވެރިކުރަމުން ނެރުނު ބަޔާނެއްގައި ދިވެހިރާއްޖެއިން ބުނީ ކުށެއްނެތް އާންމުންނަށް އަމާޒުކޮށް އެ އެއާޕޯޓަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާާނުގައި ބުނީ މިފަަދަ ނިރުބަވެރި އަމަލުތަކުގެ ސަބަބުން ގައުމުތަކަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށާއި އެ ސަރަހައްދުގެ ސުލްހަ މަސަލަސް ގާއިމްކުރުމަށް ބައިނަލްއަގްވާާމީ ފަރާތްތަކުން ކުރާ އަމަލުތަކަށް ހުރަސް އެޅޭކަމަށެވެ.
ރާއްޖެއިން ވަނީ ސައުދީން ނިރުބަވެރިކަމާއި ދެކޮޅަށް ކުރާ ކަންކަމުގައި އަަބަދުވެސް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް