2021ވަނަ އަހަރު ދިވެހިރާއްޖޭގައި ބޯހިމެނުމެއް ބާއްވަނީ
ދިވެހިރާއްޖޭގެ އާބާދީގެ ތަފާސްހިސާބުތައް އެކުލަވާލުމަށް ކުރެވޭ ބޯހިމެނުމުގެ ދިރާސާ 2021ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެގޮތުން ބޯހިނުމުގެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 20މިލިޔަން ރުފިޔާ ހިމަނާފައެވެ. ބޯހިމެނުމަށް އަންނަ އަހަރާއި 2021ވަނަ އަހަރުގައި ޖުމްލަ 32މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދިވެހިރާއްޖޭގައި އެންމެފަހުން ބޯހިމެނުމެއް ކުރިއަށް ގެންގޮސްފައިވަނީ 2014ވަނަ އަހަރުގައެވެ.
ބޯހިމެނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ އިދާރާއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއެވެ. މި ދިރާާސާގެ ނަތީޖާއިން ގައުމީ އިސްތިރާޖީ ޕްލޭންތައް އުފެއްދުމަށް އެހީތެރިކަން ލިބިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް