ގަވާއިދާއި ޚިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރަނީ
ގަވާއިދާއި ޚިލާފަށް މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ވެހިކަލްތައް ޓޯކުރަން ފެށީ، ގަވާއިދާއި ޚިލާފަށް ޕާކްކުރުމުގެ ސަބަބުން އާންމުންނަށް އުނދަގޫ ވަމުންދާތީ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވެހިކަލްތަކުގައި ޕާކިންގް ސްޓިކަރ ޖެހުން ހުއްޓާލިފަހުން، މާލެތެރޭގައި ނުގަވާއިދުން ޕާކްކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ޕާކިންގް އޭރިޔާތައް ތަރައްގީ ކުރުމާއި ދުވާރުގައި ރޭމްްޕްތައް ހެދުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް