N/A
N/A
ހަބަރު 21 Feb 2019 | 01:22

ޕެޕަރ ސްޕުރޭ ބޭނުން ކުރީ އެންމެ ކުޑަ މިންވަރަށް: ފުލުހުން

އިންދިރ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ތެރޭގައި ޕެޕާރ ސްޕްރޭ ބޭނުންކޮށްފައިވަނީ އެހާލަތުގައި އެ ސްޕްރޭ ބޭނުންކުރާ އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުން ބުނެފިއެވެ.

ޝަރީއަތް ނިމެންދެން ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްހައްޔޫމު މިއަދު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާއި އެކު އެބޭފުޅާއަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ހޮސްޕިޓަލުގެ ތެރެއަށް ވަދެ އަޑުގަދަކޮށް މުޒާހަރާކޮށްފައެވެ. އެކަން ކޮންޓްރޯލްކޮށް ހަމަޔަކަށް އެޅުވުމަށް ފުލުހުން ވަނި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ.

ފުލުހުން ހޮސްޕިޓަލުގެ ތެރޭގައި ޕެޕަރ ސްޕްރޭ ބޭނުންކުރުމާއި ގުޅިގެން ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން ފުލުހުންނަށް އަމާޒްކޮށް ފާޑުކިޔާ ވަކިވަކި ފުލުހުންގެ މައުލޫމާތާއި ފޮޓޯ އާންމުކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއް ގައި ބުނެފައިވަނީ ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމުގެ ގާނޫނުގައި އެއްވެ އުޅުމަށް މަނާތަނެއް ކަމަށެވެ.

އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ހޮސްޕިޓަލްގެ "ކާޑިއޮލޮޖީ ސެންޓަރު"ގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުންވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ބޭނުންކުރަން ޖެހުނު ކަމަށް ފުލުހުން ބުނެފައިވެއެވެ .އަދި އެސަރަހައްދުގައި ހިންގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހޮސްޕިޓަލް ފަދަ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންތައްތައް ކުރުމަކީ އެތަންތަނުގެ ތިބޭ ބަލި މީހުންނަށާއި،ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ދަތި އުނދަގޫވެ، ޚިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އެއްވެ އުޅުން މަނާ ސަރަހައްދުތަކަށް އެއްވެ، އެއްވެސް ފަރާތަކުން އަޑުގަދަކޮށް ހަޅޭނުލެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލެވިފައިވާ "ޔޫސް އޮފް ފޯސް ރިވީއު ކޮމެޓީ" އިން މިއަދުގެ ހާދިސާގައި ވެސް ފުލުހުން ބޭނުންކުރި ބާރާއި އެބާރު ބޭނުންކުރެވުނު ހާލަތު ދިރާސާކޮށް ބަލާނެކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...