ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާާއިޒްގެ ނަން ފޮނުވައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްެއުސްތާޛު އަހުމަދު ފާއިޒް ހުސައިންގެ ނަން ފޮނުއްވައިފިއެވެ.
މި ނަން ޖޭއެސްސީއަށް ފޮނުވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ވައިކަރަދޫ، ވައިޖެހޭގެ އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސެއިން ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާއިޒަކީ ދިވެހިރާއްޖޭގެ ފުރަތަަމަ ދާއިމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރެވެ. ނަމަވެސް 2014ވަނަ އަހަރު ގާާނޫނަށް ގެނެވުނު އިސްލާހަކާއި އެކު އެ މަގާމުން ފާއިޒު ވަނީ ވަކިކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް