ރަސްފަންނަށް ފަސްއަޅަނީ ސިޔާސީ ބޭނުމެއްގައި: ޑރ. މުއިއްޒު
ރައީސް ޔާމީން ވެރިކަމުގައި މާލޭ ހުޅަގުފަރާތުގައި ތަރައްޤީކޮށްފައިވާ ރަސްފަންނަނަށް ފަސްއެޅުމަށް ސަރުކާރުން ވިސްނަމުންދާކަމަށް އަޑުފެތުރިފައިވަނިކޮށް މިމައްސަލައަށް ކުރީގެ ހައުސިންގ މިނިސްޓަރ ރައްދު ދެއްވައިފިއެވެ.
"ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރަސްފަންނަށް ފަސްއަޅަންޖެހޭ އެއްވެސް ޓެކްނިކަލް ސަބަބެއް ސިޓީ ކައުންސިލުން ދެއްކިފައި ނުވާކަމަށާއި އެހެންކަމުން މިކަން މިކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.
މިއީ ރައީސް ޔާމީންގެ ތަރައްޤީއަށް ފަސްއެޅުންކަން ސިފަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެ ތަރައްޤީ ފޮހެވިގެން ނުދާނެކަމަށެވެ.
"ރަސްފަންނަކީ ރިހިބިލިޓޭޝަން ކަސްރަތުތަކަށާއި ހަވީރު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަކޮށްލުމަށް މާލޭގައި ވަރަށް ޖަޒީރާ ވަންތަކޮށް ހަދާފައިވާ ޖަޒީރާ ގޮނޑުދޮށެއް. ޖަޒީރާ ސަރުކާރަކުން ޖަޒީރާ ވަންތަކަމަށް ފަސްއަޅާ މަންޒަރު މިފެންނަނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި ރަސްފަންނު ސަރަހައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން ހިތްފަސޭހަ ކުރުމާއި ކަސްރަތުކުރުމަށް ބޭނުންކުރަމުން އަންނަ ތަނެކެވެ.
ޔޫތް މިނިސްޓްރީން އިސްވެ މާލޭގައި ޕޫލެއް އެޅުމުގެ މަސައްކަތް ކުރަމުންއަންކަމަށް އެ މިނިސްޓްރީންގެ އޮފިޝަލެއް ވަނީ ނަން ހާމަނުކުރާގޮތަށް ކިޔައިދީފައެވެ. އަދި މިކަން ކުރުމަށް ނިންމާފައިވަނީ ރަސްފަންނު ސަރަހައްދުގައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ސްވިމިން ޕޫލެއް މާލޭގައި އެޅުމަކީ ސަރުކާރުގެ ވައުދެކެވެ. ރައީސް ޔާމީން ސަރުކާރުން ހުޅުމާލޭގައި އެޅި ޕޫލު ދާދިފަހުން ވަނީ އާންމުންނަށް ހުޅުވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް