ވޯޓު ލުމަށް މިހާތަނަށް ނިކުމެފައި ވަނީ މަދު ބައެއް
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް ވޯޓު ލާން ނިކުމެފައި ވަނީ ނިސްބަތުން މަދު ބައެކެވެ.
އެގޮތުން މާލެއާއި ރަށްތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ކައިރީގައި ވެސް އެހާ ގިނަ ބަޔަކު އަދި ނެތްކަން ފާހަގަކޮށްލެވެއެވެ.
ބެލެވޭ ގޮތުގައި ގިނަ ބަޔަކު ވޯޓު ލުމަށް ނިކުންނާނީ މެންދުރު ފަހުންނެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި ވެސް ވޯޓުލުމަށް ގިނަ ބަޔަކު ނިކުމެފައި ވަނީ މެންދުރު ފަހުގެ ވަގުތުތަކުގައެވެ.
ޖުމްލަ 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މިފަހަރުގެ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އިންތިޚާބަށް ޖުމްލަ 501 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް