ގައުމީ 9 ބޯލް ބިލިއާޑް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިދިޔަ މަހުގެ 29ވަނަ ދުވަހުން ފެށިގެން ރެޔާއި ހަަމައަށް އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި އަންހެން ޑިވިޝަނަކާއި ފިރިހެން ޑިވިޝަންގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ދެ ޑިވިޝަންގެ ފައިނަލްވެސް އޮތީ އިއްޔެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން ވާދަކުރިއެވެ. އަދި އަންހެން ޑިވިޝަނުގައި ދިހަ ކުޅުންތެރިން ވާދަކުރިއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިމިނަތު ފާތީއެވެ. ފާތީ އެމަގާމު ހޯދީ ފައިނަލުގައި ދީނާ އަހްމަދު ބަލިކޮށްގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހަސަން ޝާޒް ހޯދީ ފައިނަލުގައި މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް