އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު 22 Feb 2024 | 10:07

ރައީސް ސާލިހުގެ ސަރުކާރުގައި މަސްވެރިން ބޭނި މަހަށް ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވި: ޝާހިދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮވިޑް ގެ އެންމެ ދަތި ދުވަސް ވަރުވެސް މަސްވެރިން ބޭނި މަހަށް ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވި ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ތިމަރަފުށި ދާއިރާ އިން މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް ގެ މާލެ ޖަގަހަ ހުޅުވުމުގެ ޖަލްސާގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް އައި އެންމެ ދަތި ދުވަސްވަރަކީ ކޮވިޑުގެ ދުވަސްވަރުކަމަށާއި އެ ދުވަސްވަރު، ރާއްޖޭގެ ހަޒާނާއަށް ވަންނަމުން ދިޔަ އާމްދަނީ ސުމަކަށް ދިޔައިރު ވެސް, ކުރީ ސަރުކާރުގައި މަސްވެރިން ބޭނި މަހަށް، ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދިޔަ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބުރަކަށި ފިއްސައިގެން ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތް މަސްވެރިކަމުގެ މަސައްކަތް އެއީ. ބައްލަވާ މަސްވެރިކަމުގެ މަސައްކަތް ކުރާ މަސްވެރިންނަށް އެއުޅެނީ ދޭންޖެހޭ ހައްގު ފައިސާ ނުދީއޭ މިސަރުކާރުން. ރާއްޖޭގެ މުޅި ތާރީހުގައިވެސް އައި އެންމެ ތަދު އެންމެ ނިކަމެތި އެންމެ ދަތި ދުވަސްވަރަކީ ކޮބައިތޯ؟ ކޮވިޑުގެ އާލަމީ ވަބާ. ރާއްޖޭގެ ހަޒާނާއަށް ވަންނަމުން ދިޔަ އާމްދަނީ ސުމަކަށް ދިޔައީ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، ހަޒާނާއަށް އެންމެ ލާރިއެއްވެސް ނުވައިން އިރުވެސް، މަސްވެރިން ބޭނި މަހަށް، ހަފްތާއެއް ތެރޭގައި، 7 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވިއޭ."

ޝާހިދު ވިދާޅުވިއެވެ.

މިސަރުކާރުން އެއުޅެނީ މަސްވެރިންނަށް ދޭން ޖެހޭ ހައްގު ފައިސާ ނުދީ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރުން މަސްވެރިންގެ އަތުން ގަތުމަށްފަހު ވިއްކި މަހަށް ލިބުނު ފައިސާ އާއި މެދު ސުވާލު އުފައްދާފައެވެ.

މީގެ އިތުރުންވެސް، ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާ އަށް މަތިކުރީ ދިރާސާ ކުރަންވާ ގޮތަށް ދިރާސާ ކުރުމަށްފަހު، އޭގެ އަގު ދައުލަތުން ދެވޭނެ ގޮތާއި އެއްޗެހި ތަރުތީބު ކުރައްވާފައި ކަމަށެވެ. އަދި އިނގިރޭސި ވިލާތުންނާއި އީޔޫ އިން މަހުގެ ޑިއުޓީ ކަނޑާލަން ތައްޔާރަށް އޮތް ނަމަވެސް މި ސަރުކާރުން މަހުގެ އަގު ދަށްކުރެއްވީ ވައްޓަފާޅި އެއް ނެތި ކަންކުރާނެ ގޮތެއް ނޭނގިގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ މަސްވެރިންނަށް ހައްގު ފައިސާ ދޫކުރުމަށް މި ސަރުކާރަށް ގޮވާލައްވާފައެވެ.

"މަސްވެރިންނަށް ހައްގު ފައިސާ ދެއްވާ. އެ ދެއްވަން ޖެހޭނެ. އެއީ މަސްވެރިންގެ ހައްގެއް. ދެން މި ވިދާޅުވަނީ ބައި ބަޔަށް ދައްކަފާނަމޭ. ބައި ބަޔަށްތޯ އެ ބޭފުޅުން މަސް އެ ބައްލަވައިގަތީކީ. ހަމަ ގަނޑުކޮށް ހުރި ގޮތަށޭ. އެއްކިބަ ގަތްފަ އަނެއް ކިބަ މާދަމާ އެއްނޫނޭ ބައްލަވައިގަތީ. ހަމަ މަސް އޮތް ގޮތަށް. އެހެންވީމަ ފައިސާ ވެސް ދެއްވަން ޖެހޭނީ، އެމީހުންގެ ހައްގު ފައިސާ ވެސް ދޫކުރަން ޖެހޭނީ ހަމަ އެގޮތަށް. "

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދީ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށާއި، އޭގެ ތެރެއިން މިހާރު 422 މިލިއަން ވާނީ ދޫކޮށްފައިކަމަށް ވިދާޅުވެފައެވެ. އަދި މިި ރުފިޔާ އިން ބާކީ ދޫނުކޮށް 270 މިލިއަން ރުފިޔާ ހުރި ކަމަށާއި، މި ބެކްލޮގް ފިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން މަހުގެ އަގު 20 ރުފިޔާ އަށް ދަށްކުރީ މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށް ކަމަށެވެ. ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށާއި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. މަސްގަންނަ އަގަށް މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވެސް ވަނީ ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަށް ޚަލާސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ގއ.ކޫއްޑޫގައި މަސްވެރިން ވަނީ އިހުތިތާޖު ވެސް ކޮށްފައެވެ. އިހުތިޖާޖު މަސްވެރިންނާއި ބައްދަލުކުރެއްވުމަށްޓަކައި މިނިސްޓަރު ޝިޔާމް އެރަށަށް ވަޑައިގެންފައިވާއިރު، އެބޭފުޅާ ވަނީ މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް، ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައި ވެސް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...