ރަށެއްގައި 16 އަހަރުގެ އަންހެންކުއްޖަކު ވިހައިފި
އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިފިއެވެ.
"ވޮއިސް" އަށް މައުލޫމާތު ދެއްވި އެރަށު ކައުންސިލް އިދާރާގެ އޮފިޝަލެއް ވިދާޅުވިގޮތުގައި 16 އަހަރުގެ އަންހެން ކުއްޖާ ވިހައިގެން އުޅޭ ވާހަކައަކީ ތެދުވާހަކައެއްކަމާއި، ވިހެއި ކުއްޖާގެ ބައްފައަކީ 15 އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ.
އިތުރަށް މި މައްސަލާގައި މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ވިހެއިތާ މިހާރު 7 ދުވަސް ވަނީ ވެފައެވެ. އަދި މި މައްސަލަ ވަނީ ފުލުހުންނާއި ގެންޑާއަށް އަންގާފައިކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މައްސަލާގައި ޖެންޑާއަށް ގުޅާލުމުން ފޯން ނުނަގާތީ ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް