ަމޯލްޑިވިއަންގެ ޕައިލެޓުން ހަޅުތާލުކުރަން ފަށައިފި
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުން ހަޅުތާލުކުރަން ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ވަނީ ގިނަ އަަދަދެއްގެ ޕައިލެޓުންނާއި ފަސްޓް އޮފިސަރުން، ވަޒީފާއަށް ނުކުތުމަށް ދެކޮޅު ހަދައި ގޭގައި މަޑުކޮށްފައެވެ.
އެ ފަރާތްތަކުން ވަޒީފާއަށް ނުކުތުމަށް ދެކޮޅު ހަދަމުންދަނީ މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް، މުހައްމަދު އަމީން މަގާމުން ވަކިނުކޮށްގެން ކަމަށް މައުލޫމާތުލިބެއެވެ.
މިފަރާތްތަކުން ވަނީ އަމީން މަގާމުން ވަކިކުރަންދެން ހަޅުތާލުކުރާނެކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން މޯލްޑިިވިއަންއަށް ގުޅާލުމުން ވަނީ ތަފްސީލް ލިބުނުހާ އަވަހަކަށް ހިއްސާކުރާނެކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް އެކަހަލަ ކަމެއް ފާހަގަވެފައި ނުވާކަމަށްވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

މިރޭ ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަށް ވަނީ މިހާރު ޑިލޭވެ، މޯލްޑިވިއަންގެ ދަތުރުތައް ހުއްޓުމަކަށް އައިސްފަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް